English Edition
Dhivehi Edition

އައްޑޫސިޓީން އިތުރު 39 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 307ކަށް އަރައިފިއެވެ.

އައްޑު ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ހަވީރު 18:00 އާއި ހަމައަށް ފޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުރިން ޕޮޒިޓިވްވެފައިވާ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި 24 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި 10 މީހެއްގެ އިތުރުން ވަކި ތަރުތީބެއްނެތި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ.

މިއަދު އައްޑޫ ސިޓީ ހިތަދޫ އިން 13 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު މަރަދޫ އިން 06 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މަރަދޫފޭދޫ އިން އެކަކު ބައްޔަށް ޕޮޒިޓިވްވިއިރު ފޭދޫއިން ވަނީ ފަސް މީހަކު ޕޮޒިޓިވްވެފައެވެ، މީގެ އިތުރުން ހުޅުދޫ އިން 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު މީދޫ އިން ވެސް 7 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އައްޑޫން ބަލި ޖެހުނު މީހުންގެ ތެރެއިން ތިން މީހަކު ނިޔާވެފައިވާއިރު މިވަގުތު ހަ މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.