English Edition
Dhivehi Edition
އައްޑޫސިޓީ ލިންކުރޯޑު: ފޮޓޯ އަޒީމް

އައްޑޫ ސިޓީ އިން މިއަދުވެސް އިތުރު ހަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެ އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ފަންސާސް ދޭކަށް އަރައިފިއެވެ

އޭއީއެޗް އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ހިތަދޫ އިން 2 މީހުން، މަރަދޫ އިން 2 މީހުން އަދި މަރަދޫފޭދޫ އިން ދެ މީހަން ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 129 އަށް އަރާފައިވާއިރު، މި ވަގުތު އެއްވެސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ނުދާކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ އެކްޓިވް ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތިވަމުން އަންނައިރު މިވަގުތު މަރަދޫގައި ބައްޔަށް ޕޮޒިޓިވް 41 މީހުން އެބަތިއްބެވެ. ފޭދޫގައި ބައްޔަށް ޕޮޒިޓިވް 6 މީހުން ތިބިއިރު މަރަދޫފޭދޫގައި ބައްތއްޔަށް ޕޮޒިޓިވް 03 މީހުން އެބަތިއްބެވެ. އަދި ހިތަދޫގައި ކޮވިޑަށް ޕޮޒިޓިވްވި 2 މީހުން އެބަތިއްބެވެ.

އައްޑޫ ސިޓީގައި ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާއިރު، އެ ސީޓިގެ މޮނިޓަރިން ހާލަތުވެސް ވަނީ އުވާލާފައެވެ.