English Edition
Dhivehi Edition
އިމާދުއްދީން ސްކޫލްގެ ދަރިވަރުންތަކެއް - ފޮޓޯ: ޓްވިޓާ (އިމާދުއްދީން ސްކޫލް)

ސްކޫލް ކުދިންނަށް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް 1،500 ޑޮންގުލް ހޯދަން އިޢުލާންކޮށްފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ސްކޫލް ކުދިންނަށް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ޔުނިސެފްގެ އެހީގެ ދަށުން 1،500 ޑޮންގުލް ގަތުމަށް ބޭނުންވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2020 ސެޕްޓެންބަރު 26 ން 2020 ސެޕްޓެންބަރު 29 ގެ ނިޔަލަށް މި ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށާއި، ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ.

އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 14:00 ގ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/5,000ރ. ހުށަހަޅަންޖެހޭއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2020 އޮކްޓޫބަރު 06 ވަނަ ދުވަހުގެ 10:00 ގައި އެ މިނިސްޓްރީގެ 09 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 1 ގައި ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ޔުނިސެފްގެ އެހީގައި އެ މިނިސްޓްރީން ކުރިއަށްގެންދާ “ސްކޫލް ވޮޝް ޕްރޮގްރާމް”ގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި އާއި 500 ޑިޖިޓަލް އައިއާރު ތާމޯމީޓަރު ހޯދަންވެސް އިޢުލާންކޮށްފައެވެ. އަދި ސްކޫލްތަކަށް ބޭނުންވާ ޑިސްއިންފެކްޓެންޓް ކެމިކަލް ހޯދަންވެސް ވަނީ އިޢުލާންކޮށްފައެވެ.