ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޕްރިންސިޕަލަކު ހޯދަން އިޢޫލާންކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރި އިޢުލާނެއްގައިވާ ގޮތުން މި މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައާއި މަޤާމުގެ އެލަވަންސް ހިމަނައިގެން 26،181ރ. އާއި 28،285ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން މަޤާމުގެ ރޭންކަށް ބަލައި ހާޒިރުވާ ކޮންމެ ދުވަހަކަށް ހާޒިރީ އެލަވަންސްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އެ މިނިސްޓްރީގެ އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.