English Edition
Dhivehi Edition
ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 2018 އެވޯޑުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔުނެސްކޯ (ނޯރާ ހޫގެނޭޑް)

ޔުނެސްކޯގެ ފަރާތުން، ‘ޔުނެސްކޯ-ޖަޕާން ޕްރައިޒް އޮން އެޑިޔުކޭޝަން ފޯރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް’ އަށް ނަންހުށަހެޅުމުގެ ފުރުސަތު ޔުނެސްކޯގެ މެންބަރު ޤައުމުތަކަށް ހުޅުވާލައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި އެވޯޑަކީ ތަޢުލީމީ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ހިންގޭ އެކި ޕްރޮގްރާމްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެއް ކަމަށާއި، މި އެވޯޑަށް ނަންހުށަޅާ ފަރާތްތަކުގެ ތެރެއިން 3 ފަރާތަކަށް 50،000 ޔޫ.އެސް ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ‘ޔުނެސްކޯ އީ.އެސް.ޑީ-2030 ގްލޯބަލް ނެޓްވޯރކް’ އާއި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މި 3 ފަރާތަށް ލިބިގެންދާނެ ކަމަށާއި، މި އެވޯޑަކީ ޖަޕާން ސަރުކާރުގެ ފަރާތުން ފަންޑްކުރާ އެވޯޑެއް ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި އެވޯޑަށް ނަންހުށަހެޅުމުގެ ސުންގަޑިއަކީ 21 އޭޕްރީލް 2023 އެވެ. މި އެވޯޑަށް ނަން ހުށަހަޅާނީ މި ލިންކު މެދުވެރިކޮށެވެ.