English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް (އޭވައިސީ) ގައި އިއްޔެ ކުޅުނު މެޗު 3 ލަނޑު 0 ލަނޑުން މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މަރަދޫ އެފްސީ އިން ކާމިޔާބުކުރީ ހިތަދޫ ޔޫތާއި ބައްދަލުކޮށެވެ. މި މެޗުގެ މަރަދޫ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ އައިކް އާއި އަަލަފް އާއި ތަމާމްވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ޖަހާފައެވެ. މި މުބާރާތުގައި މަރަދޫ އެފްސީގެ ކުޅުންތެރިންގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުންވަނީ އިއްޔެގެ މޮޅާއި އެކު މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލާފައެވެ. މި މުބާރާތުގައި ހުޅުދޫ ޓީމަށް ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމް މުބާރާތުން ކަޓާފައިވަނީ 0 ޕޮއިންޓާއެކުގައެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލައުހްއެވެ.

މިއަދުވެސް މި މުބާރާތުގެ ވަރުގަދަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދުގެ މެޗުގައި ބައްދަލުކުރާނީ ފާހި ސްޕޯޓްސް އާއި ހިތަދޫ އެފްސީއެވެ.