English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް (އޭވައިސީ) ގައި އިއްޔެ ކުޅުނު މެޗުގައި ހުޅުދޫ ޔޫތު ކޮޅަށް ލަނޑު ގޯންޏެއް ޖަހާ ފޭދޫ ފާހި ސްޕޯޓްސް ކްލަބުން މުބާރާތުގެ ތިންވަނަ އަށް ޖެހިލައިފިއެވެ

އިއްޔެ މީދޫ ދަނޑުގައި ކުޅުނު މި މެޗުގައި ފާހި ސްޕޯޓްސް ކްލަބުން 10 ލަނޑު ޖަހާފައިވާއިރު ހުޅުދޫ ޓީމަށް މި މެޗުގައި އެއްވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ. މުޅި މެޗުގައިވެސް ފާހި ސްޕޯޓްސް ކްލަބުން މޮޅު ކުޅުމެއް ކުޅެފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު މެޗުގެ ސާޅިސް ތިންވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އާއިޝް ސަރީރްއެވެ.މެޗުގެ ސާޅިސް ހަވަނަ މިނިޓްގައި ސަދޫފް ޝީޔާމް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު އޭގެ ދެ މިނިޓްފަހުން އާއިޝްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ޖެހި ތިން ލަނޑާއެކު އެ ޓީމުން ހަމަޖެހިލާފައިވާއިރު ދެވަނަ ހާފްގައި ފާހި ސްޕޯޓްސް ކްލަބުން ޒައުލް އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، ހާމީ, އަހަމްދު ބަލްސަމް، އަހަމްދު ސާޖީ، ސިދްއާމް ގެ އިތުރުން މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅުނު އާއިޝްވަނީ ކޮންމެ ކުޅުންތެރިއަކަށް އެއްލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާހި ސްޕޯޓްސް ކްލަބަށް ތިން ލަނޑު ކާމިޔާބުކޮށްދިން އާއިޝްއެވެ.