English Edition
Dhivehi Edition

އައްޑޫ ޔޫތު ޗެލެންޖް (އޭވައިސީ) ގައި އިއްޔެ ކުޅުނު މެޗު ބޮޑު ތަފާތަކުން ހިތަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ

މީދޫ ޔޫތާއި ބައްދަލުކުރި މެޗު ހިތަދޫ އެފްސީ އިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި މީދޫ ޔޫތު އިން ވަރުގަދަ ކުޅުމެއް ކުޅެފައިވާއިރު، މެޗުގެ އަށާރަ ވަނަ މިނިޓްގައި މީދޫ ޓީމުގެ ގުސެއްޔުވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ހިތަދޫ އެފްސީ އިން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ހަތާވީސްވަނަ މިނިޓްގައި މުހައްމަދު ސަބާހްއެވެ.

މެޗުގެ ދެވަނަ ހާފްގައި ހިތަދޫ އެފްސީ އިން ކުޅުން ވަރުގަދަކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު މެޗުގެ ފަންސާސް ހަތްވަނަ މިނިޓްގައި ޒަކްވާންވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު މެޗުގެ ފަންސާސް ނުވަ ވަނަ މިނިޓްގައި އުސްރު ޖަހައިދިން ލަނޑާއެކު ހިތަދޫ ޓީމުންވަނީ ލީޑު އިތުރަށް ފުޅާކޮށްލާފައެވެ. މެޗުގެ އަށްޑިހަ ހަވަނަ މިނިޓްގައި ހިތަދޫ އެފްސީގެ އީމާން ނަސީރު ޖަހައިދިން ލަނޑާއެކު އެ ޓީމް ހަމަޖެހިލާފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ސަބާހްވަނީ އިތުރު ލަނޑެއް ހިތަދޫ އެފްސީއަށް ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ އެފްސީ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ސަބާހް އެވެ