English Edition
Dhivehi Edition

ފުވައްމުލައް ހޮސްޕިޓަލަށް ކޮވިޑް19 އަށް ތަޙުލީލު ކުރަން ބޭނުން ކުރާ ޖީން އެކްސްޕާޓް މެޝިނުގެ ބަދަލުގައި ސަރުކާރުން ފޮނުވާފައިވަނީ އެ މެޝިނުގެ ސޭފްޓީ ކެބިނެޓުކަން އޭއޯ ނިއުސް އަށް ވަރަށް އިތުބާރު ކުރެވޭ ފަރާތަކުން މަޢުލޫމާތުދީފިއެވެ.

ފުވައްމުލައް ހޮސްޕިޓަލަށް މި ސޭފްޓީ ކެބިނެޓް ލިބިފައިވަނީ ހިނގަމުން މިދާ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭއޯ ނިއުސް އަށް މައުލޫމާތު ދިން ފަރާތުން ފާހަގަ ކުރި ގޮތުގައި ލިބުނީ ޖީން އެކްސްޕާޓް މެޝިނެއް ނޫންކަން އެނގިފައިވަނީ މިކޮޅަށް އެ ސޭފްޓީ ކެބިނެޓް އައުމުން ފޮށިގަނޑު ކަނޑައި ބެލުމުންނެވެ.

ކޮވިޑް19 އަށް ފުވައްމުލަކުގައި ތަޙުލީލު ކުރަން ފެށުމަށްޓަކައި އެ ހޮސްޕިޓަލުން ވަނީ ގިނަ ތައްޔާރީތަކެއްވެފައެވެ. އެ ގޮތުން މެޝިން ބެހެއްޓުމަށް ޚާއްސަ ކޮޓަރިއެއް ވަނީ ޤާއިމް ކޮށްފައެވެ. އަދި އެ ހޮސްޕިޓަލުން ވަނީ ލެބޯޓަރީ ޓެކްނީޝަން އެއް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލަށް ފޮނުވައި ތަމްރީނު ވެސްކޮށްފައެވެ.

ސޭފްޓީ ކެބިނެޓަކީ އެއިން ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން މެޝިން ބޭންދުމަށްޓަކައި ތަރައްގީ ކުރާ ތަނަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ތަނުން ސޭފްޓީ ކެބިނެޓުގެ ސަބަބުން ކުޑަކޮށްދެއެވެ. މީގެ އިތުރުން މި ކެބިނެޓުގެ ސަބަބުން ތަޙުލީލު ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ރައްކާތެރިކަން ވެސް ލިބިދެއެވެ.

ފުވައްމުލަކުގައި ކޮވިޑް19 އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް ވުޒާރާ ތަކުން އަޅާފައިވާ އިރު އެ ރަށުން ކޮވިޑް19 އަށް ފައްސި ވެފައިވަނީ އެންމެ މީހެކެވެ.

1 ކޮމެންޓް
HAarey
ސެޕްޓެމްބަރު 23, 2020
Menbarun na va salaan . Abaddu majuleehuga ves govey ni vagu fathuma ya viyya. Adi ves fuvamulak meehun hey naaraage