English Edition
Dhivehi Edition

” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނު މެޗް ފަހަތުން އަރާ ހިތަދޫ އެފްސީ ޖޫނިއާސްގެ ބަލިކޮށް މަރަދޫ އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ދަނޑުގައި ކުޅުނު މި މެޗު މަރަދޫ ޓީމުން ކާމިޔާބުކުރީ 04 ލަނޑު 02 ލަނޑުންނެވެ. އިއްޔެގެ މެޗުގައިވެސް މަރަދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ހަތްވަނަ މިނިޓްގައި ހަތަދޫ ޓީމުންވަނީ ގޯލެއް ޖަހާފައެވެ. އަހްމަދު ދާނިޝްގެ ލަނޑާއެކު މަރަދޫ ޓީމުންވެސް ގިނަ ހަމަލާތައް އުފައްދާފައިވާއިރު މަރަދޫ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ދިހަވަނަ މިނިޓްގައި ހަސަން ލައުހް އެވެ. މެޗުގެ ތިރީސް ހަތަރުވަނަ މިނިޓްގައި ހިތަދޫ ޓީމްގެ ދާނިޝް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ސާޅީސް ދެވަނަ މިނިޓްގައި ލައުހް ވަނީ މަރަދޫ ޓީމަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

ދެ ޓީމުންވެސް މެޗުގެ ލީޑް ނެގުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ހިތަދޫ ޓީމްގެ އަލީ ދާއިންވަނީ މެޗުގެ ފަހު ހާފްގައި އެ ޓީމަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރަދޫ އެފްސީގެ ލައުހް އެވެ.

އިއްޔެގެ މެޗުން މަރަދޫ މޮޅުވެފައިވާއިރު އެ ޓީމުންވަނީ މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލާފައެވެ. ހުރޫޕް ސްޓޭޖްގައި ދެން އެ ޓީމް ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުޅުދޫ ޔޫތް އެފްސީ އާއެވެ.