English Edition
Dhivehi Edition
ފޮޓޯ: ހެޕީމާކެޓް

“ހެޕީމާކެޓް ޕްރޮމޯޝަން ޝޮޕް”ގެ ނަމުގައި ހެޕީ މާކެޓް ޕްރޮމޯޝަން އައިޓަމްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ހެޕީމާކެޓުން ސްޕެޝަލް އޮފާގެ ދަށުން މިވަގުތު ލިބެންހުރި ހުރިހާ މުދަލެއްގެ އިތުރުން، އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބްރޭންޑެއްގެ މުދަލެއް ވެސް މިހާރު މި ފިހާރައިން ލިބެން ހުންނާނެކަމަށް ހެޕީމާކެޓުންވަނީ ބުނެފައެވެ. މި ފިހާރަ ހުންނާނީ އަލިކިލެގެފާނު މަގުގައި ކުރީގެ “ޓައިމް ޒޯން” ކުރިމައްޗަށްވާ ގޮތަށް ހުންނަ ހެޕީމާކެޓް ގުދަނާއި ޖެހިގެނެވެ.

ހެޕީ މާކެޓުން ބުނީ މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހެޕީ މާކެޓުން ވިއްކާ އުފެއްދުންތަކުގެ ރަހަ ބަލައިލުމާއި އެ ތަކެތި ކައިރިން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމާއެކު ޑިސްކައުންޓް އަގުތަކުގައި ވިއްކާ ހުރިހާ މުދަލެއް ފަސޭހަކަމާ އެކު އާންމުންނަށް ގަނެވޭނެގޮތް ހެދުންކަމަށެވެ.

ފިހާރަ ހުޅުވުމާ ގުޅިގެން، ހެޕީ މާކެޓުން މި ފިހާރައިން ވިއްކާ ގިނަ ޕްރިމިއަމް އުފެއްދުންތަކުގެ އަގު ހެޔޮކޮށްފައިވާއިރު ހާއްސަކޮށް ފިނިކުރި ގިނަ ބާވަތެއްގެ މުދަލުގެ އަގުވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ގޮތުން ހެޕީމާކެޓް ސްޕެޝަލް އޮފާގެ ދަށުން ބީފްކަޓް، މަޓަން ކިއުބް، ލޭމް ކަޓް، ބަރައުން އެގްގެ އިތުރުން މޮޒޮރެލާ ޗީޒް، ޝެޑާ އަދި ޝީޒްކްރީމް ލިބެން ހުންނާނެއެވެ. އަދި ސްޕެޝަލް އޮފާ ބަންޑަލްގެ ދަށުން ފަސް ކޭހަށްވުރެ ގިނައިން ނެގީމަ ހެޕީޑޭ،ސެންރެމޯ ޕާސްތާ، އޯލްޑަ ބާގާ މިލްކް އަދި ލޯފެޓް މިލްކް ލިބޭނެއެވެ.

ހެޕީމާކެޓް ޕްރޮމޯޝަން ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.