މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނެއްގެ އޮޓޮޕްސީ ހަދައިފިއެވެ.
ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނީ އދ. ދަނގެތި، ހަވީރީ މަންޒިލް، އިބްރާހިމް ހަސީބު (28އ) ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އޭޕްރިލް 12 ވަނަ ދުވަހު 05:18 ހާއިރު މާފަންނުގައި ހިންގާ ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ހަސީބު ގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 23:30 ގައި އޭނާގެ މައްޗަށް ވަނީ ކަށުނަމާދުކޮށް ވަޅުލާފައެވެ.
ހަސީބުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.