އައްޑޫ ޔޫތް ޗެލެންޖް އަންޑަރ 20ގައި އިއްޔެ ކުޅުނު މެޗު މީދޫ ޔޫތް ޓީމް އިން ކާމިޔާބުކޮށްފިއެވެ.
މީދޫ ޔޫތް ޓީމް މި މެޗު ކާމިޔާބުކުރީ ފޭދޫ ފާހި ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ދެ ޓީމުންވެސް ދާދި ހަމަހަމަ މޮޅު ކުޅުމެއް ކުޅެފައިވާއިރު މެޗުގެ ފުރަތަމަ ހާފްގައި ފާހި ސްޕޯޓްސް ކްލަބަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެހެންނަމަވެސް ސަޔަމް ޖެހި މި ޕެނެލްޓީ ގޯލްގެ ދަގަނޑުގައި ޖެހި ކާމިޔާބު ވެފައި ނުވާއިރު މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ހަތްދިހަ އެއްވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަހާފްއެވެ. ފާހި ސްޕޯޓްސް ކްލަބުން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް އިތުރު ގޯލެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަހާފްއެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިތަދޫ އެފްސީ ޖޫނިއާސް އާއި މަރަދޫ އެފްސީއެވެ.