English Edition
Dhivehi Edition
ފޮޓޯ: ކުރިން މާލޭގައި ކުރެވުނު ނިއުރޯ ސާޖަރީއެއް

އައްޑޫ ސިޓި މަރަދޫގައި ސްލިޕްވޭ ހިންގާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޖިނިއަރު އިބްރާހިމް ހަބީބުގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ފަހަރެއްގައި އަދި އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވި އެވެ.

މަރަދޫ ސްލިޕްވޭގައި ބޭނުންކުރާ ލޭތު މެޝިނެއްގައި މައްސަލަ ޖެހިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ އަށް ލައްވާފައި ހުރި ދަގަނޑުގަނޑެއް ލަންބައިގެން ގޮސް ހަބީބްގެ ލޮލާއި ދިމާލުން، މެދުން ބޮލުގައިޖެހި އޭނާ ވަގުތުން ހޭނެތުނު އިރު، ހަބީބުގެ ސިކުނޑިއަށްވެސް ވަނީ ލޭއެޅިފައެވެ.

ހަބީބްގެ ސިކުނޑި އަށް ބޮޑު ޒަހަމްތަކެއް ލިބިފައިވުމުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން އޭޑީކޭގެ އެހީތެރިކަމަށް އެދުމާއެކު މިދިޔަ ހުކުރު ދުވަހު އޭޑީކޭގެ ޑޮކްޓަރުންގެ ޓީމެއް ވަނީ އައްޑޫއަށް އައިސްފައެވެ. ހުކުރުދުވަހުގެރޭ އޭޑީކޭގެ އެހީތެރިކަމާއެކު ކުރި މި އޮޕަރޭޝަނަށްފަހު ހަބީބުގެ ހާލަތު ރަނގަޅަށް މޮނީޓަ ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ ހެނދުނުގެ ފްލައިޓުން އޭނާވަނީ މާލެ ފޮނުވާލާފައެވެ.

މިހާރު އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށް ހަބީބަށް ފަރުވާދެމުން އަންނަ އިރު އޭނާގެ ހާލު މިހާރު ކުޑަކޮށް ރަނގަޅު ކަމަށް އޭޑީކޭ އިންވަނީ ބުނެފައެވެ. އިތުރަށް ޑރ. ނިޔާފް ވިދާޅުވީ ހަބީބުގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އިތުރު އޮޕަރޭޝަނެއް ކުރަންޖެހުނު ނަމަވެސް އެކަން ކުރާނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

ހަބީބްގެ ސިކުނޑީގެ އޮޕަރޭޝަންކުރުމަށްޓަކައި އައްޑޫ އަށް ޒިޔާރަތްކުރި އޭޑީކޭގެ ޓީމުގައި ހިމެނެނީ ޑރ.އަލީ ނިޔާފް އާއި ޝަމޫނާ އަލީ ގެ އިތުރުން ޑރ.އަދީލް ޝަރީފް އެވެ.

 

1 ކޮމެންޓް
މުއީދު
ސެޕްޓެމްބަރު 20, 2020
ޙަބީބުއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި!