ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އައްޑޫ ސިޓީ މީދޫ އާއި މަރަދޫފޭދޫ އަށް ފުޓުބޯޅަތަކެއް ހަދިޔާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، ރޮޒެއިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީދޫ އަދި މަރަދޫފޭދޫ އަށް އެފްއޭއެމް އިން ހަދިޔާކުރި ބޯޅަތަކާ ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ.
Meedhoo adhi Maradhoofeydhoo ah FAM in hadhiya kuri boalha thah nagaifin. Mi boalha thah 2 avashuge avashu ofeehah fonuvaanan.
Shukuriyya @MaldivesFA@AhmedMahloofpic.twitter.com/oPUl05PcMC— ?? ??????? ???? ? (@Roxeyna) September 20, 2020
މީގެ އިތުރުން އެ ބޯޅަތައް ވަރަށް އަވަހަށް ދެ އަވަށުގެ އަވަށު އޮފީސްތަކަށް ފޮނުއްވާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.
އަދި ރޮޒެއިނާގެ ޓްވީޓްގައި ވަނީ އެކަމަށްޓަކައި އެފްއޭއެމް އަށާއި، ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފަށް ޝުކުރުވެސް އަދާކުރައްވައިފައެވެ.