English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުން ދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ގޮތުން ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުން ދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެފްއޭއެމް އާއި ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ މި ދުވަސްވަރު އެ އެސޯސިއޭޝަން ބަގުރޫޓުވެފައިވާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މި ގޮތުން އެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ގިނަ މަސްތަކެއް ވެފައިވާއިރު، މުވައްޒަފުންގެ ޕެންޝަން ފައިސާ އަށް ވެސް ހިޔާންތެރިވެފައިވާކަމުގެ ތުހުމަތުތައް ވަނީ ކޮށްފައެވެ.

މީގެ އިތުރުން އެކަށީގެންވާ ގޮތެއްގައި އެމްއޭއެމްގެ ކަންތައްތައް ނުހިނގާކަމުގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އިރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމު އެ މަގާމުން ދުރުކުރުމަށްވެސް ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައެވެ.