English Edition
Dhivehi Edition

އައްޑޫ ޔޫތް ޗެލެންޖް އަންޑަރ 20ގައި އިއްޔެ ކުޅުނު މެޗު ފަސޭހަކަމާއެކު ހިތަދޫ އެފްސީ ޖޫނިއާސް އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ހިތަދޫ ޓީމުން ކާމިޔާބުކުރީ ހުޅުދޫ ޔޫތް އާއި ބައްދަލުކޮށް 4 ލަނޑު 1 ލަނޑުންނެވެ. މުޅި މެޗުގައިވެސް ހިތަދޫ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމްގެ ވިއާމް މަންސޫރު ވަނީ މެޗުގެ 07 ވަނަ މިނިޓްގައި ލަނޑެއް ޖަހާފައެވެ. ހުޅުދޫ ޔޫތް އިން ހިތަދޫ ޓީމް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ހިތަދޫ ޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ ސާދަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ސަމީން ނަޒީރް އެވެ. މެޗުގެ ފުރަތަމަ ހާފްގެ ސާޅިސް ތިންވަނަ މިނިޓްގައި ހުޅުދޫ ޔޫތްގެ ލީވާން އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދޭއް، އެކެއްގެ ނަތީޖާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފްގައި ހުޅުދޫ ޓީމްގެ އައިހަމް އަށް ރަތް ކާޑެއް ދައްކާފައިވާއިރު މެޗުގެ ދެވަނަ ހާފްގައި ހުޅުދޫ ޓީމުން އެ ޓީމްގެ ޑިފެންސް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް މެޗުގެ ފަހު ހާފްގެ ވަރަށް ކައިރިކައިރީގައި ހިތަދޫ ޓީމުންވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ. މި ގޮތުން މެޗުގެ 70 ވަނަ މިނިޓް ވިއާމް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިންއިރު 73 ވަނަ މިނިޓްގައި ރާހިމްވަނީ ލަނޑެއް ޖަހާފައެވެ.

No description available.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިތަދޫ ޓީމަށް ދެ ލަނޑު ޖަހައިދިން ވިއާމް މަންސޫރުއެވެ،