English Edition
Dhivehi Edition
އިންޖީނު ހުއްޓުނު "އުރަހަ" ދޯނި - ފޮޓޯ: އެމްއެންޑީއެފް

މަސްދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ކ. އަތޮޅު ބަންޔަން ޓްރީ ވައްބިންފަރު ކައިރީ އޮތް “އުރަހަ” ނަމަކަށް ކިޔާ މަސްވެރިކަން ކިޔާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 18:22 ހާއިރު ކަމަށެވެ.

އެ ހާދިސާގައި ދޯނިން ދަތުރުކުރީ ކިތައް މީހުން ކަމާއި، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.