English Edition
Dhivehi Edition

އައްޑޫ ޔޫތް ޗެލެންޖް އަންޑަރ 20ގައި މިއަދު ކުޅުނު މެޗުގައި ހިތަދޫ އެފްސީ އާއި މަރަދޫ އެފްސީ ބައްދަލުކުރި މެޗު މަރަދޫ އެފްސީ އިން ކާމިޔާބުކޮށްފިއެވެ.

މަރަދޫ އެފްސީ އިން މި މެޗު ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މަރަދޫ އެފްސީ އިން މެޗުގެ ފުރަތަމަ ހާފްގައި ޖެހި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނެލްޓީއަކުން އައިކް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުންވެސް މެޗުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު ހިތަދޫ އެފްސީގެ ރަފާހްވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ރަފާހްގެ ލަނޑާއެކު ދެ ޓީމުންވެސް މެޗުގައި ލީޑް ނެގުމަށް ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު ދެވަނަ ހާފްގެ ފަންސާސް އަށްވަނަ މިނިޓްގައި އައިކްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ހިތަދޫ އިން ޖެހި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އީމާންއެވެ. މެޗުގެ ނަތީޖާ އެއްވަރުވުމުން ދެ ޓީމުންވެސް މޮޅު ވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މި މެޗުން މަރަދޫ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތު، ހޫދު އައްބާސްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހަސަން ލައުހް އެވެ.