English Edition
Dhivehi Edition
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފްރަންޓްލައިން އޮފިސަރުންތަކެއް - ފޮޓޯ: ޕޮލިސް

ގދ. ހޯޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 44 އަށް އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެވެސް އެ ރަށުން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ރަށުން ބަލި ޖެހުނު މީހުންގެ ތެރެއިން ހަތަރު މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެ ރަށުން 40 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެމުން އަންނަނީ ގއ. އަތޮޅު އައިސޮލޭޝަން ފެސިލިޓީގަ އެވެ.

އެރަށުން ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު މިހާތަނަށް 344 ސާމްޕަލްވަނީ އެ ރަށުން ނަގާފައެވެ. އޭގެ ތެރެއިން 50 ސާމްޕަލްގެ ނަތީޖާ އަދި ލިބިފައިނުވާއިރު އެރަށަށް ބަލި ފެތުރުނު ގޮތުގެ ތަހުގީގެއް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.