English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫޢުގެ %85 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން މަގުބައްތި ސަޕްލައިކޮށް ހަރުކުރުމުގެ މަސައްކަތުގެ %48 މިހާރުނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 6060 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،776 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއެއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 42.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެޖެންޑާ19 ކެމްޕޭން ޖަލްސާ ނިންމާލުމަށް ބޭއްވި ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނައިބްރައީސް އައްޑޫ އަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫއަށް ވަޑައިގެން މި މަގުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ 04 އެޕްރީލް 2019 ގައެވެ.