English Edition
Dhivehi Edition
ފޮޓޯ: އިންސްޓަގްރާމް އެކައުންޓު، ލައިޝާ ޖުނައިދް

“ވިޔާ ނުދާ ކަމުން ވި ހާލު ދެކިބަލާށޭ” މިއީ 2018 ވަނަ އަހަރުގެ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 ގެ ގްރޭންޑް ފިނާލޭގައި އެ މުބާރާތުގެ ފުރަތަމަ ސީޒަންގެ ޗެމްޕިއަން ލައިޝާ ޖުނައިދު ހުށައަޅައިދިން ‘ރީތި ބޭވަފާ’ ލަވައިގެ ކަޑިއެކެވެ. އޭރު މި ލަވަ ބޮޑަށް ރީތިވީ ލައިޝާގެ ލަވަކިޔުމަށް އައިސްފައިވާ ކުރިއެރުމާއި އޭނާގެ ކެރުން ފެނިއެވެ. ނަމަވެސް ސޯޝަލް މީޑިއާގެ އިންސްޓަގްރާމް އަށް ލައިޝާ ދާދި ފަހުން މި ލަވަޔާއި އެކު ލާފައިވާ ޕޯސްޓުގެ ކެޕްޝަން ފެނި މުޅި ލަވައިގެ މާނަ މިހާރުގެ ހާލަތާއި ގުޅުވާލެވުނެވެ.

ލައިޝާ ލަަވައިގެ މިކަޑި އިންސްޓަގްރާމް އަށް ލުމަށް ފަހު ބުނެފައިވަނީ “ވިޔާ ނުދާ ކަމުން ވި ހާލު ދެކިބަލާށޭ” މި ކަޑި އޭނާގެ ފަރާތުން އަދިވެސް މާސްކު ނާޅާ، ކޮރޯނާ ވައިރަސް ސީރިއަސްކޮށް ނުނަގާ އެންމެނަށް ހާއްސަ ކުރާ ކަމަށެވެ. ލައިޝާ އެ ބުނީ ހަމަ ރަނގަޅަށެވެ. ހަގީގަތުގައިވެސް މިހާލު މިއަދު ދިވެހިންނަށް ޖެހިފައި މިތިބީ ބައެއްގެ ވިޔާ ނުދާ ކަމުންނެވެ. ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. ރޯނު އެދުރު ހެދިގެން ސިއްޙީ މާހިރުން ދިން ނަސޭހަތާއި ލަފާ އަޑު ނޭހީމައެވެ.

ކޮވިޑް19 މިއަދު މުޅި ދިވެހި ގައުމު ހިސޯރުކޮށްފައިވީއިރު ގައުމުގައި ތިބި ސިއްޙީ މާހިރުން އަދިވެސް އެދި ގޮވަމުން ދަނީ އެއް ކަމަކަށެވެ. އެ ބޭފުޅުންގެ ލަފާއާއި އިރުޝާދުގެ ދަށުން ދިރިއުޅުމުގެ އަމަލުތައް ބެހެއްޓުމަށެވެ. ގައިދުރުކަން އިސްކޮށް އާއިލީ އެއްވުންތައް ފަދަ ކަންތައް ވީ ވަރަކުން މަދު ކުރުމަށެވެ. ނަމަވެސް ހިތާމައަކީ މިއަދު ކައިވެނި ޙަފްލާ އަދި އުފަންދުވަހުގެ ޕާޓީ ތަކަށް ކޮވިޑް19 އާ ތީމް އެއް ގެނެސްދީފިއެވެ. ‘ކަރަންޓީން ޕާޓީ’ގެ ނަމުގައި ޕާޓީތައް ބޭއްވުން އާއްމުވެއްޖެއެވެ. އާއިލާގެ އެކަކަށް ވެސް ކޮވިޑް19 ޖެހެން ބޭނުމެއް ނޫނޭ ބުނެ ޓުވީޓު ކޮށްފައި ގޮސް ވަންނަނީ އާއިލީ ހަފްލާއެއް ތެރެއަށެވެ. މާސްކު އަޅަނީ މަގުމަތި އަދި މާސްކު އެޅުން މަޖުބޫރުކަމަށް ބުނެފައިވާ ތަނަކުން ހިދުމަތެއް ހޯދުމަށް ވަންނަން އެކަންޏެވެ.

ދިވެހިން ގޮތް ދޫނުކޮށް އުޅުމުގެ ވައްޓަފާޅި ދޫކޮށްލަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. ދާއިރާތަކުގެ މާހިރުން ދައްކާ ވާހަކަތައް އަޑުއަހާ އެއަށް ތަބާވާން ދަސްކުރަން ވެއްޖެއެވެ. އަމިއްލަ އެދުމާއި އަމިއްލަ މީހާއަށް ފެންނަ ގޮތަކީ އެންމެ ރަނގަޅު ގޮތަށް އަބަދު ނުވެދާނެކަން ހަނދާނުގައި ބަހައްޓަން އާދަ ކުރަންވެއްޖެއެވެ. ވިޔާ ނުދާ އުޅުމުގެ ސަބަބުން މިއަދު މިޖެހުނު ހާލުން މިންޖު ވާން ބޭނުންނަމަ މާސްކު އަޅާ، ގައިދުރުކަން އިސްކޮށް ކަރަންޓީން ޕާޓީތައް ބޭއްވުން އަދި މަޑުކޮށްލަން އެބަ ޖެހެއެވެ. ގައުމު ދުޅަހެޔޮ ގައުމަކަށް ހެދޭނީ އޭރުންނެވެ.

Ativador Office 2019

4 ކޮމެންޓް
ކޯވިޑް
އޮކްޓޯބަރު 3, 2020
ގަބޫލުކުރިއަސް ނުކުރިއަސް ހެޔޮ ކޯވިޑް އަކީ ހަމަ އާދައިގެ ފްލޫއެއް ތަފާތަކީ ފެތުރޭލެއް އަވަސްވެފައި ފަސޭހައީ. ކޯވިޑް ޖެހިގެން މަރުވާކަމަށް ބުނާ ގިނަ މަރަކީ ޙަޤީގަތުގައި ކޮވިޑުގެ ސަބަބުން މަރުވި މަރުތަކެއް ނޫން.. މިކަން އެގެނީ މިކުޑަ ދިވެހި ޤައުމަށް ބަލާލީމަ މަރުވިމީހުންގެ 99.99% އަކީ ކޮންމެސް އެހެން ކޮމްޕްލިކޭޝަނެއްގެ ސަބަބުން މަރުވިމީހުން... މީހުން މަރުވި އަދަދަށް ބަލާއިރު އެއްވެސް ގައުމުގެ މަރުގެ ރޭޓް އިތުރުވެފައެއްނެތް... ހަމައެކަނި މީޑިއާއިން ހާމަކުރާކަން އެކަނި ތަފާތަކީ... މާބޮޑުކަމަށް މިކަން ހަދައިގެން މިއުޅެނީ ޑަބްލިއު އެޗްއޯއަށް ވެރިކަން ކުރަން ލިބުނީމާ ދުނިޔޭގެ ވެރިކަން ކޮށްލަނީ
ފާރިހް
ސެޕްޓެމްބަރު 29, 2020
ފައި. ތެދަށް އެބެނީ
Aslu
ސެޕްޓެމްބަރު 19, 2020
Bas naahanee verinserious corona virus serious koh nunegeevx verin doctor,runnah vureves emeehun molhu dhen laisha ah koacheh engigen thiulheny?‍♂️
އައްޑޫމީހާ
ސެޕްޓެމްބަރު 16, 2020
މިޔާކޭކަލަކި ބޯރިހެނީ، ހީވެނީ ދިވެހިބަސް ލޭނަ ނިދެންނަމީހަކަާލޭފެއި ހިށިއެއްތެހެން.