English Edition
Dhivehi Edition
އޭއައިއޭ އިން ހިންގާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް - ފޮޓޯ: މިހާރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ވެލުއޭޝަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރު) އާއި އެއްގޮތަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ވެލުއޭޝަން ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ ސެޕްޓެންބަރު 16 ވަނަ ދުވަހުގެ 13:30 ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަންވާނީ ސެޕްޓެންބަރު 24ގެ 13:30 އަށް ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި އެ ގަޑިތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

އޭއައިއޭ އަކީ ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ.