English Edition
Dhivehi Edition
ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އޭއައިއޭގެ ބޯޑަށް އައްޔަންކޮށްފައިވަނީ ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު އެވެ.

އެޑްމިނިސްޓްރޭޝަންގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ޝަޒްރާވަނީ އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމު އަދާކުރައްވާފައެވެ. މީގެއިތުރުން ޝަޒުރާ ވަނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖާ އެޑްމިނިސްޓްރޭޝަންގެ މަގާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ބިޒްނަސް ސެންޓަރުގެ ބޯޑަށް މއ. ނޫރީ ލަމްޔާ އިބްރާހިމް އައްޔަންކޮށްފައެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރެއްވި ލަމްޔާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ބެޗްލާ ޑިގްރީ ހާސިލުކުރައްވާފައެވެ. ކުރިން އިކޮނޮމިކް މިނިސްޓްރީގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ލަމްޔާ ވަނީ ހަޒާނާ މޯލްޑިވްސް އާއި އެޗްޑީސީގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައެވެ.