English Edition
Dhivehi Edition

އައްޑޫސިޓީގެ ހިތަދޫގެ ސަރަހައްދަކަށް ރޭ އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެއްލުންތައް އައްޑޫ ސިޓީކައުންސިލާއި ހައުސިން މިނިސްޓްރީން ބަލަން ފަށައިފިއެވެ. މި ޓީމުން ވަނީ ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކޮށް ގޭގެއަށް ލިބުނު ގެއްލުން ބަލައި އެފަރާތަށް އެހީތެރިކަން ބޭނުންވާ މިންވަރު ދެނެގަންނަމުންނެވެ. ގެއްލުން ލިބުނު ގެތަކުގެ ހާލަތު ބެލުމަށް ފަހު އެ މައުލޫމާތު ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ރޭ އެރި ނަގޫރޯޅީގައި ހިތަދޫ މެދު ދާއިރާގެ 12 ގެއަކަށް ގެންލުން ވެފައިވާއިރު ފިހާރައަކާއި އޮފީހަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. ރޭ ގާތްގަނޑަކަށް 10 ޖެހި އިރު ހިނގި މިހާދިސާއާއި ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްއެންޑީއެފް އަދި އައްޑޫސިޓީ ކައުންސިލާއި އާންމު ފަރާތްތަކުން ވަނީ ވަގުތުން ވަގުތަށް މަސައްކަތް ފަށާފައެވެ.