English Edition
Dhivehi Edition

 

އެމެރިކާގެ މަޝްހޫރު ޕޮޕް އައިކަން ބިޔޯންސޭ ނޯލްސް ކަޅު ނަސްލުގެ ކުދި ވިޔަފާރިތަކަށް 1 މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

ކުޅަދާނަ ލަވަކިޔުންތެރިޔާ މިއެހީ ދޭން ނިންމީ ޢާއްމު ފަރުދުންގެ އިންސާނީ ޙައްގުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ނާޕް އާއި ،ބޭގުޑް ފައުންޑޭޝަން ގުޅިގެންނެވެ. މިއީ އޭނާގެ ފައިސާގެ އެހީ ކަޅު ނަސްލަށް ހަދިޔާ ކުރެވޭ މިފަދަ ދެވަނަ ފަހަރެވެ.

ބިޔޯންސޭ ވަނީ ކޮވިޑް 19 އާއި ގުޅިގެން ކަޅުނަސްލަށް ކުރަމުންދާ ނޭދެވޭ އަސަރުތަކަށް އަލިއަޅުވާ ވާހަކަ ދައްކާފައެވެ.

” އެމެރިކާގެ ކަޅު ނަސްލު ދަނީ މިވައިރަސް އާއެކު ނެތި ފަނާވަމުން. ”

“ޓުގެދާ އެޓް ހޯމް ކޮންސާރޓް” އަށް ދިން ވީޑިއޯ މެސެޖެއްގައި އޭނާ ބުނެފައިވަނީ މިހާ ބޮޑު ލޮޅުމެއް ކަޅު ނަސްލުގެ އާބާދީއަށް މެދުވެރިވީ އެމީހުނަށް ނުޙައްގުން ވަޒީފާގެ ބާޒާރުން ވެސް ކުރިމަތިވާ ގޮންޖެހުންތަކުގެ ސަބަބުން އެމީހުން އަދާ ކުރަމުންދިޔަ ޑެލިވަރީގެ މަސައްކަތާއި ޕޯސްޓުގެ ޚިދުމަތްފަދަ ކަންތައް ތަކަކީ ގޭގެ ފިނި ކޮޓަރީގައި ތިބެގެން އަދާކުރެވޭ މަސައްކަތަކަށް ނުވާތީ ކަމަށެވެ.

” އަމިއްލަ ނަފްސު ޙިމާޔަތްކުރޭ. އަހަރެމެންނަކީ އެއް ޢާއިލާއެއް. އަހަރެމެންނަށް ތިއެންމެންނަކީވެސް މުހިއްމު ބައެއް. މިއީ ކަޅު ނަސްލަށް އޭނާގެ ފަރާތުން އަބަދުވެސް ދޭ މެސެޖެކެވެ.