English Edition
Dhivehi Edition
ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސް 2019ގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: އެންއައިއީ

ކޮވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދޫކުރާ އެހީގެ ފައިސާ އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމުގެ ބޭނުމުގައި އެ މިނިސްޓްރީން އިޢުލާނާއެކު ޢާންމުކުރި “ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް” ފޯމަށް ބައެއް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ.

އެގޮތުން އިސްލާހުކުރެވިފައިވާ އެ ފޯމު މިހާރު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އެޑިޔުކޭޝަނުން ބުނީ ފައިސާގެ އެހީއަށް އެދި ހުށަހަޅާ ފޯމަށް ބަދަލު ގެނެވިފައިވާތީ، ފޯމް ހުށަހެޅުމުގެ ސުންގަނޑި 2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ޕްރީ ސްކޫލްތަކާއި ޤުރުއާން ކިލާސްތަކަށް ޒަކާތު ފަންޑުން ލިބިފައިވާ ފައިސާގެ އެހީ ދިނުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން ޤުރުއާން ކިލާސްތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 500،000ރ. އެވެ. އަދި ޕްރީސްކޫލްތަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 1،000،000ރ. އެވެ.