English Edition
Dhivehi Edition

ދިވިލިމަތަ 5 ގެ ނަމުގައި އައްޑޫ ސިޓީގައި އިއްޔެ ހަވީރު ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 400 އުޅަނދު ޗެކްކޮށްފިއެވެ.

އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 4:00 އިން 6:30 އަށެވެ.

ދިވިލިމަތަ އޮޕަރޭޝަނުގައި ޖުމްލަ 400 އުޅަނދު ފާސްކުރުމަށްފަހު 16 އުޅަނދެއް ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 1 އުޅަނދު ޓޯވ ކޮށްފައިވާ ކަމަށް އައްޑޫސިޓީ ޕޮލިސް އިން މައުލޫމާތު ދެއްވައެވެ.

އައްޑޫސިޓީ ކޮމާންޑަރު އިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ މިއީ އައްޑޫގައި ބާއްވާ އެންމެ ބޮޑު ޓްރެފިކް އޮޕަރޭޝަން ކަމަށެވެ. މީގެ ކުރިން މީގެ 4 އޮޕަރޭޝަނެއްވަނީ އައްޑޫގައި ބާއްވައިފައެވެ. މި އޮޕަރޭޝަނުގައި އައްޑޫސިޓީގައި މަސައްކަތްކުރައްވާ ހުރިހާ ފުލުހުން ބައިވެރިވެފައިވެއެވެ.

މި އީ އައްޑޫގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކޮށް އައްޑޫގެ މަގުތައް އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަނެކެވެ.