English Edition
Dhivehi Edition
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) - ފޮޓޯ: ފޭސްބުކް

މުއްދަތު ހަމަވާ އައިޑީ ކާޑުތައް މި އަހަރުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޑީއެންއާރުން މިއަދު ނެރުނު އިއުލާނެއްގައި ވާގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު 31 ޑިސެމްބަރ 2020ގެ ނިޔަލަށް ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް އޮންލައިންކޮށް އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް އައިޑީ ކާޑު ހެއްދުމަށް ހުށަހެޅޭނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ޑީއެންއާރުން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް އައިޑީ ކާޑު މެދުވެރިކޮށް ދެވޭ ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދިނުމުގެ ގޮތުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޚިދުމަތްތައް ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ.

މިހުއްދައިގެ ދަށުން އަލަށް އުފަންވާ ކުދިންނާއި އައިޑީ ކާޑު ގެއްލިފައިވާ މީހުން އުފަންދުވަހުގެ ސެޓްފިކެޓާއި، ޕާސްޕޯޓު، ޑްރައިވިންގް ލައިސަންސް ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވާ އައިޑީ ކާޑުގެ ނަމްބަރަށް ބަލައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.