English Edition
Dhivehi Edition
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) - ފޮޓޯ: ފޭސްބުކް

އައިޑީ ކާޑާއި ޓޯކަން ނަންބަރު ދޫކުރާ ގަޑި އަވަސްކޮށް، ޓޯކަން ނަންބަރު ދޫކުރާ އަދަދު އިތުރުކޮށްފިއެވެ.

އިއްޔެ ޑީއެންއާރުން ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން ޓޯކަން ނަންބަރުތައް ހެނދުނު 8 އިން ފެށިގެން ދޫކުރަން ފަށާނެ ކަމަށެވެ. އަދި ހެނދުނު 8:30 އިން ފެށިގެން އައިޑީ ކާޑު ދޫކުރަން ފަށާއިރު ދުވާލަކު 600 ޓޯކަން ނަންބަރު ދޫކުރާނެ ކަމަށް ޑީއެންއާރުން ވަނީ ބުނެފައެވެ.

އިއްޔެގެ ނިޔަލަށް ޑީއެންއާރުން ޓޯކަން ނަންބަރުތައް ދޫކުރަމުން ދިޔައީ ހެނދުނު 10 އިން ފެށިގެން، ދުވާލަކު 400 ނަންބަރަށް ހިދުމަތްދޭ ގޮތަށެވެ.

އައިޑީ ކާޑުގެ ހިދުމަތް ލަސްވެ ގިނަ ބައެއްގެ ޝަކުވާތައް ކުރިމަތިވެފައިވާއިރު ޑީއެންއާރުން ބުނީ، އެ ތަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ އާންމުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.