English Edition
Dhivehi Edition
އައިޑީ ކާޑު

މި ފެށޭ ރަމަޟާންމަހު ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރް)އިން އައިޑީ ކާޑު ދޫކުރާނީ ކޮންމެ ދުވަހަކު ދެ ގަޑިއިރަށްކަމަށް ޑީއެންއާރް އިން ބުނެފިއެވެ.

ޑީއެންއާރުން ނެރުނު އިއުލާނެއްގައިވާ ގޮތުން ރޯދަ މަހު ރަސްމީ ދުވަސްތަކާއި ބަންދު ދުވަސްތަކުގައި ކާޑު ދޫކުރުން ހަމަޖެހިފައިވަނީ 09:30 އިން 11:30 އަށެވެ. ޑީއެންއާރް އިން ބުނީ ކާޑު ނެގުމަށް ކިއުބީއިން ނަންބަރެއް ނަގަން ޖެހޭނެ ކަމަށެވެ. އަދި ކިއުބީއިން ދޫ ކުރުމަށް ހަމަޖެހިފައިވަނީ 150 ނަންބަރުކަމަށް ޑީއެންއާރުން ނެރެފައިވާ އިއުލާނުގައިވެއެވެ.

މީގެ އިތުރުން އެެ އިއުލާނުގައި ވަނީ ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރި ނަމަވެސް ޑީއެންއާރުން ތިން ދުވަހެއްގައި ހިދުމަތް ދޭނެ ކަމަށެވެ. އެއީ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހާއި ތިން ވަނަ ދުވަހާއި އަށް ވަނަ ދުވަހުގައެވެ. އެ ދުވަސްތަކުގައި ވެސް ހިދުމަތް ދޭނީ ރޯދަމަހުގެ އެހެން ދުވަސްތަކުގައި ހިދުމަތް ދިނުމަށް ނިންމާފައިވާ ގަޑިތަކުގައެވެ.

ކާޑު އެހެން ފަރާތަކުން ނަގާނަމަ ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާ ހަވާލުކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހެއެވެ.