English Edition
Dhivehi Edition
ޑީޖޭއޭގެ ކައުންޓަރުން މީހަކު ޚިދުމަތް ހޯދަނީ - ފޮޓޯ: ގޫގުލް މެޕްސް (ރިޝްވާން ރަޝީދު)

ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް އޮންލައިންކޮށް ދިނުމުގެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޑިޕާޓްމަންޓުން ފޯރުކޮށްދެމުން ގެންދާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފޯމު ވަކި ގޮތެއް އަންގަންދެން ބަލައިގަތުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ. އަދި އޮންލަިއންކޮށް ރެކޯޑު ސާފުކުރުމަށް ފޯމު ހުށަހަޅާއިރު ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ތަފްސީލްވެސް އެ އިޢުލާނުގައި ޑީޖޭއޭ އިން ބަޔާންކޮށްފައި ވެއެވެ.

ޑީޖޭއޭ އަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް

  • ރެކޯޑު ސާފުކުރާ ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
  • ދިވެހި ރައްޔިތެއް ނޫންނަމަ ޕާސްޕޯޓުގެ ސާފު ކޮޕީއެއް
  • ކުންފުންޏެއްގެ ރެކޯޑު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ސާފު ކޮޕީއެއް
  • ފޯމުގެ ވެރި ފަރާތާއި ގުޅޭނެ ފޯނު ނަންބަރު
  • ފޯމު ފޮނުވާފައިވާ މެއިލް އެޑްރެސް ނޫން މެއިލް އެޑްރެހަކަށް ޖަވާބު ފޮނުވަން ބޭނުންވާނަމަ އެ މެއިލް އެޑްރެސް

ޑީޖޭއޭ އިން ބުނީ އެ މަޢުލޫމާތު ހިމަނައިގެން ޕީޑީއެފް ކޮޕީއެއް [email protected] އަށް އީމެއިލް ކުރުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެ ފަރާތްތަކަށް ޖަވާނު ފޮނުވޭނެ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.