English Edition
Dhivehi Edition

އައްޑޫ ސިޓީއާއި ހުވަދު އަތޮޅާއި ފުވައްމުލައް ސިޓީއަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

60 މީހުންގެ ޖާގަ ހިމެނޭ ލޯންޗެއްގައި މި ހިދުމަތް ފެށީ އއ. ތޮއްޑޫގެ ކުންފުންޏެއް ކަމަށްވާ ރިލެކްސް ސްޕީޑުންނެވެ. ރިލެކްސް ފެރީ ސާވިސްއިން މިމަހުގެ 24 ވަނަ ދުވަހު ދަތުރުތައް ފަށާފައިވާއިރު މިމަހުގެ 27 ވަނަ ދުވަހު ދެވަނަ ދަތުރު ބޭއްވުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ބުރާސްފަތި ދުވަހު އައްޑޫ އަށް ދަތުރުތައް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު މި ދަތުރުތައް ރާވާފައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތިނަދޫ، މަޑަވެލި، ނަޑެއްލާ، ރަތަފަންތޫ ފިޔޯރީ، ފަރެސްމާތޮޑާ އަދި ވާދޫ ރޫޓުގެ ތެރެއިންނެވެ. އައްޑޫން ވާދޫ، އަދި ފަރެސް މާތޮޮޑާ އަށް 700 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު އައްޑޫއިން މަޑަވެލި އަދި ތިނަދޫއަށް އެއްކޮޅު އަގަކީ 800 ރުފިޔާއެވެ. ފުވައްމުލައް/އައްޑޫ ދަތުރަކަށް ކޮޅަކަށް ނަގަނީ 300ރުފިޔާ އެވެ.

ރިލެކްސް ސްޕީޑްގެ ވެރިޔާ އަލީ ރިސާން ވިދާޅުވީ އައްޑު އަށް ފެރީ ދަތުރުތަކެއް ބާއްވަން ނިންމި މައިގަނޑު ސަބަބަކީ އައްޑޫގައި މިހާރު ޓާޝަރީ ހޮސްޕިޓަލެއް ހުންނާތީ، އެ ސަރަހައްދުތަން ފަރުވާ އަށް މީހުން ދާން ބޭނުންވާތީ އެކަމަށް ފަސޭހަކޮށް ދިނުމަށް ކަމަށެވެ.

2 ކޮމެންޓް
Nee
އޮގަސްޓް 27, 2020
Haadha dhera ey Addu in Gadhdhoo ah ferry dhathuru nethyma. Ekamaku Addu ga varah ginain Gadhdhoo kudhin ulhey.
ހސއނ
އޮގަސްޓް 26, 2020
ވަރައްސަޅިކަމަ