English Edition
Dhivehi Edition

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެފްއާރްޓީ އާއި މަންތަރަ ޖޫނިއާސް ބައްދަލުކުރި މެޗު އެފްއާރްޓީ އިން ކާމިޔާބުކޮށްފިއެވެ

އެފްއާރްޓީ އިން މި މެޗު ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ. ގުރޫޕް ސްޓޭޖްގައި އިއްޔެ މި ދެ ޓީމް ކުޅުނު ފަހު މެޗުގައި އެފްއާރްޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސުނިލް އާއި އަބްދުﷲ ސައީދްއެވެ، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްއާރްޓީގެ އަބްދުﷲ ސައީދްއެވެ.

ސީ ގުރޫޕްގައި ހިމެނޭ އެފްއާރްޓީއަށް މި މުބާރާތުގައި 03 ޕޮއިންޓް ލިބުނު އިރު މަންތަރަ ޖޫނިއާސް އަށް ލިބުނީ 04 ޕޮއިންޓެވެ. މި ގުރޫފްގެ އެއްވަނަ ޓީމްގެ ގޮތުގައި 09 ޕޮއިންޓާއި އެކު ސަންސް އޮފް ލޮންސް ކުއާޓާ ފައިނަލަށް ގޮސްފައިވާއިރު ލޮތަރި އެފްސީ ކުއާޓާއަށް ދަތުރު ކުރީ 06 ޕޮއިންޓާއެކުއެވެ،

ރޭ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކަޅަބެންޗާ އާއި ނޮރިންމަ އެފްސީއެވެ. މި މެޗު ކަޅަ ބެންޗާއިން ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

މި މެޗުގައި ކަޅަ ބެންޗާއިން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝާމިންއެވެ. މި މެޗުގެ މޭން އޮފް ދި މެޗަކަށް ޝާމިން ހޮވިފައިވާއިރު މުބާރާތާއި ނޮރިންމަ އެފްސީ އަލްވަދާއު ކިޔާފައިވަނީ 0 ޕޮއިންޓާއެކުގައެވެ.ކަޅަބެންޗާއަށް ފަސްޕޮއިންޓް ލިބިފައިވާއިރު ގުރޫޕް ސްޓޭޖުގެ އެއްވަނަ ޓީމްގެ ގޮތުގައި ގަންބުރި އެފްސީ ސެމީއަށް ދަތުރުކޮށްފައިވާއިރު މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިންނާއި އުސްގަނޑަ އެފްސީއެވެ.