English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން ސަންސް އޮފް ލޮންސް އިން ކާމިޔާބުކޮށްފިއެވެ.

މިރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ސަންސް އޮފް ލޮންސް އިން ކާމިޔާބުކުރީ މަންތަރަ ޖޫނިއާސް އާއި ބައްދަލުކޮށް 4 ލަނޑު 0 ލަނޑުންނެވެ. ސަންސް އޮފް ލޮންސް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ލަނޑުތައް ޖަހާފައިވަނި ދެވަނަ ހާފްގައެވެ. މިގޮތުން މެޗުގެ ތިރީސް ދެވަނަ މިނިޓްގައި ސަންސް އޮފް ލޮންސްގެ އަލީ ނާފިއު އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ތިރީސް ހަވަނަ މިނިޓްގައި ހުސައިން ސިފާޒުވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މަންތަރަ ޖޫނިއާސް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ސަންސް އޮފް ލޮންސް އިންވަނީ އިތުރު ލަނޑެއްޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ތިރީސް އަށްވަނަ މިނިޓްގައި އަހްމަދު އަރްމީޝްއެވެ.އެ ޓީމްގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު ވަގުތު އަރްމީޝް ކާމިޔާބުކޮށްދިން އިރު މެޗު ނިމިގެން ދިޔައީ މަންތަރަ ޖޫނިއާސް އަށް ލަނޑެއް ޖަހާނެ ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަންސް އޮފް ލޮންސް އަށް ދެ ލަނޑު ޖަހައިދިން އަރްމީޝްއެވެ.