English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ކަޅަ ބެންޗާ އާއި ގަބުރު އެފްސީ ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރުވެއްޖެއެވެ.

ރޭ މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔައިރު މި މެޗުގައި ކަޅަ ބެންޗާއިން ޖެހި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝާމިން އެވެ. ގަބުރު އެފްސީގެ ލަނޑު އެ ޓީމްގެ އަލީ އަބާން ކާމިޔާބުކޮށްދިން އިރު މެޗުގައި ދެ ޓީމުންވެސް ވަނީ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

Advt

Advertisement

މިއަދުވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ހަބޭސް އާއި އެފްސީ ޒެފިއާއެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ސަންސް އޮފް ލޮންސް އާއި މަންތަރަ ޖޫނިއާސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ އުސްގަނޑާއި ނޮރިންމަ އެފްސީއެވެ. ތިންވަނަ މެޗުގައި އުސްގަނޑަ ޖޫނިއާސް އާއި އެފްސީ ގަންބުރި ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ،