English Edition
Dhivehi Edition
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ބައްޔަށް ޕޮޒިޓިވްވެ، އައްޑޫ އިން ކޮވިޑްޖެހުނު މީހުންގެ އަދަދު ނުވައެކަށް އަރައިފިއެވެ.

“އޭއޯ ނިއުސް”އަށް މައުލޫމާތު ލިބިފައިވާ ގޮތުން, މިމީހާއކަީ، މި ބައްޔަށް އައްޑޫއިން ޕޮޒިޓިވްވި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެން މީހާއާ ބައްދަލުވި މީހެކެވެ. މިއީ އައްޑޫއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހަކާއި ބައްދަލުވި މީހަކު ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަކީވެސް އެއްގެއެއްގައި ކަރަންޓީންވެގެން ތިބި ދެމީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދާޅުވީ އައްޑޫން ޕޮޒިޓިވްވި ދެ މީހުން ވެސް ތިބީ ގޭގައި ކަރަންޓީންގައި ކަމަށާއި އެކަކު، ގޭގައި ކަރަންޓީންގައި ހުންނަ ނަމަ، އެގޭގައި އުޅޭ އެހެން މީހުން ވެސް ތިބެން ވާނީ ކަރަންޓީންގައިކަމަށެވެ.

ފޭދޫއިން މިހާތަނަށް ކޮވިޑް19އަށް ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު އެ ސިޓީއިން މި ބަލި ޖެހުނު ތިން މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.