English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫފޭދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: މިފްޒާލް

ފޭދޫ އަވަށު އޮފީހާއި މިޝްކާތު ފައުންޑޭޝަން ގުޅިގެން ފަލަސްތީނަށް އެހީތެރިވުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ފޭދޫ އަވަށު އޮފީހާއި މިޝްކާތު ފައުންޑޭޝަނުން މާދަމާ ކުރިއަށް ގެންދާ ވެހިކަލް ބުރުގެ ތެރެއިން ފަންޑްރައިޒް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފޭދޫ ކަޕް އޮފް ސީ ކައިރިން ފެށުމަށް ހަމަޖެހިފައިވާ މި ވެހިކަލް ބުރުގައި ފަންޑް ރައިޒް ކުރުމަށް އެކި ސަރަހައްދުތަކަށް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން ފޭދޫ ފަހުދު ގާޑިޔާ، މަރަދޫ ފޭދޫ ސްކޫލު ކުރިމަތި އަދި މަރަދޫ ބަނދަރު ކުރި މައްޗަށް މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާ ހަވީރު 16:00 އިން ފެށުމަށް ހަމަޖެހިފައިވާ މި ބުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ފޭދޫ އަވަށު އޮފީސް ކުރިމައްޗަށެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި އެ ގައުމުގެ އެތައް ބަޔަކު ޝަހީދުވެ، ގިނަ ބައެއްގެ ގެ ދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު ދިވެހިރާއްޖެއިން އަންނަނީ ފަލަސްތީނަށް އެހީތެރިވުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ،.