English Edition
Dhivehi Edition

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މަރަދޫ ޔުނައިޓެޑާއި ހުޅުދޫ މަންތަރަ ބައްދަލުކުރިމެޗު މަންތަރަ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގައި މަންތަރަ ޓީމުން ކާމިޔާބުކޮށްފައިވާ ލަނޑަކީ އެޓީމުގެ ކުޅުންތެރިއަކު މަރަދޫ ގޯލަށް ފޮނުވާލި ބޯޅައެއް މަރަދޫޓީމްގެ ގޯލް ބަލަހައްޓަމުންދިޔަ ކުޅުންތެރިޔާ ގޯލްއޭރިޔާގެ ތެރެއިން ކަކޫ ބިމުގައި ޖައްސައިގެން ބޯޅަ ދިފާއުކުރުމުން ރެފްރީ މަންތަރައަށް ދިން ޕެނަލްޓީއަކުން މައުޝޫގު ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.މެޗްގެ ކުޅުން ނިމިގެން ދިޔައީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓިމަކަށް ކާމިޔާބު ނުކުރެވި 1 ލަނޑު 0 ލަނޑުން މަންތަރަ މެޗް ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މަންތަރަ ޓީމަށް ލަނޑު ކާމިޔާބުކޮށްދިން މައުޝޫގުއެވެ.

މިގްރޫޕުން ރޭ ކުޅެވުނު މެޗަށްފަހު 1 ވަނަ ޓީމެއްގެ ގޮތުގައި ހަބޭސް ކުއާޓާފައިނަލަށް ހޮވިފައިވާއިރު މިގްރޫޕުން ކްއާޓާފައިނަލަށް ހޮވޭ ދެވަނަ ޓީމެއް އެގޭނީ ކްރައުސް އާއި ޒެފިޔާ ބައްދަލުކޮށް ކުޅޭމެޗާއި ހަބޭސްއާއި މަރަދޫ ބައްދަލުކޮށް ކުޅޭމެޗަށް ފަހުގައެވެ.

ރޭ ކުޅެވުނު މިމެޗުން މަންތަރަ މޮޅުވުމުން އެޓީމު ގްރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 4 މެޗު ކުޅެ ނިމިފައިވާއިރު 4 މެޗްގެ ތެރެއިން 1 މެޗުން ދެރަވެ ދެމެޗުން އެއްވަރުވެ 1 މެޗުން މޮޅުވެ އެޓީމަށް ލިބިފައިވާ 5 ޕޮއިންޓެވެ. މިމެޗުން ދެރަވި މަރަދޫޓީމަށް ލިބިފައިވަނީ 3 މެޗު ކުޅެގެން 4 ޕޮއިންޓެވެ.

ރޭ އެފްސީ ޗެލެންޖާސް އާއި އެފްސީ ބީރިކަނާ ބައްދަލުކުރި މެޗު އެފްސީ ޗެލެންޖާސް އިން ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ހާފްގެ ވަރަށް ކައިރި ކައިރީގައި އެފްސީ ޗެލެންޖާސް އިން ލަނޑުތައް ޖަހާފައިވާއިރު އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހުސައިން އިމްރާންއެވެ، އެ ޓީމްގެ ދެވަނަ ލަނޑު އިބްރާހީމް ސަހާފް ޖަހާފައިވާއިރު ތިންވަނަ ލަނޑު ޖަހައިދިނީ ހުސައިން އައްސަދުއެވެ. އެ ޓީމަށް ކާމިޔާބުކުރެވުނު ހަތަރުވަނަ ލަނޑަކީ ގަންބުރު އެފްސީގެ ލިޖާމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުﷲ ވިޝަލްއެވެ