English Edition
Dhivehi Edition
ޙުސައިން ރަފީޢު، ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކުރައްވަނީ - ފޮޓޯ: ޑީޖޭއޭ

ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފި އެވެ.

އެގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ޖޭއެސްސީގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 1 ވަނަ ނަންބަރުން އެ ޑިޕާޓްމަންޓަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހަމަޖައްސާފައި ވަނީ ލ.މާވަށް، ވިކްޓަރީހައުސް، އަލްފާޟިލް ޙުސައިން ރަފީޢު ކަމަށެވެ.

ޙުސައިން ރަފީޢު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވަގުތީގޮތުން ހިންގުމާއި ޙަވާލުވެހުންނެވި ޑރ.މަރްޔަމް ޝަހްނީޒާ ނަޞީރެވެ.

ޖޭއެސްސީގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިސްލާޙަށް އިތުރު ކުރެވުނު 21-1 ވަނަ މާއްދާގެ (ރ)ގެ 1 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާޢިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ކޯޓުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ޓަކައި، ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރެއް ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.