English Edition
Dhivehi Edition

ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް ގަބުރު އެފްސީ ކުއާޓާ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.

މިއަދު ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި އަފިރިން ޓީމް އާއި ބައްދަލުކޮށް ގަބުރު އެފްސީ އިން މި މެޗު ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ، ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ގަބުރު އެފްސީ އިން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ހޫދު އައްބާސްއެވެ. މެޗުގެ ދެވަނަ ހާފްގައި އަފިރިން ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުޖެހިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ގަބުރު އެފްސީގެ އަހްމަދު އިރްފާން ހޮވިފައިވާއިރު ގަބުރު އެފްސީ ކުއާޓާއިން ޖާގަ ހޯދީ 4 މެޗުން 8 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ޔުނައިޓެޑް ބޯއިސް އާއި ލޮތަރި އެފްސީ ބައްދަލުކުރި މެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ލޮތަރި އެފްސީއެވެ، ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ފަސްވަނަ މިނިޓްގައި ލޮތަރި އެފްސީ އަށް ކާމިޔާބުކޮށްދިނީ ރަޔަން އެވެ. މެޗުގައި ދެ ޓީމުންވެސް ނަތީޖާ ބަދަލުކޮށް ލުމަށް ގިނަ ހަމަލާތައް ފޮނުވާފައިވާއިރު މެޗު ނިމިގެން ދިޔައީ ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮތަރި އެފްސީގެ ރަޔަން މަންސޫރުއެވެ.