English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކްރޯސް އާއި އެފްސީ މަންތަރަ އެފްސއެވެ. މި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ މަންތަރައިގެ ސަމީންއެވެ.

މި މުބާރާތުގައި މިހާތަނަށް އެފްސީ މަންތަރައިން ކުޅުނު އެއް މެޗުން އެ ޓީމް އެއްވަރުވެފައިވާއިރު އެއް މެޗުން އެ ޓީމްވަނީ ބަލިވެފައެވެ. އަދި މިރޭ 0-0 ގެ ނަތީޖާއިން އެ ޓިމް އެއްވަރުވެފައިވާއިރު ދެން އެ ޓީމް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ މަރަދޫ ޔުނައިޓްއާއެވެ. މިރޭގެ މެޗުން ކްރޯސް އެއްވަރުވެފައިވާއިރު އެ ޓީމުން މީގެ ކުރިން ކުޅުނު އެއް މެޗުން އެއްވަރުވެ، އެއް މެޗުން އެ ޓީމްވަނީ ބަލިވެފައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކްރޯސް ދެން ބައްދަލުކުރާނީ އެފްސީ ޒެފިއާ އާއެވެ.