English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި ނޮރިންމަ އެފްސީ އާއި އެފްސީ އަފިރިން ބައްދަލުކުރި މެޗު އެފްސީ އަފިރިން އިން ކާމިޔާބުކޮށްފިއެވެ

މި މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗު އެފްސީ އަފިރިން އިން ކާމިޔާބުކުރީ 1ލަނޑު 0 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު އެ ހާފްގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މެޗުގެ ދެވަނަ ހާފްގައި އެފްސީ އަފިރިން އިން މެޗުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައިވާއިރު، އެ ޓީމުންވަނީ މެޗުގެ އެންމެ ފަހު ވަގުތު ލަނޑެއް ޖަހާފައެވެ. މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ ތިރީސް ހަތްވަނަ މިނިޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޒިދާން އެވެ.މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ އަފިރިންގެ ޖާޒީ ނަންބަރު11 އިބްރާހިމް ސައިފްއެވެ

މާދަމާވެސް މި މުބާރާތުގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ބީރިކަނާ އާއި ކްލަބް ރިވެރިން ނެކްސެސްއެވެ. ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި އެފްއާރްޓީ އާއި ޔުނައިޓެޑް ބޯއިސް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްރޯސް އާއި މަރަދޫ ޔުނައިޓެޑްއެވެ. ތިންވަނަ މެޗުގައި ކަޅަ ބެންޗާ އާއި ގަބުރު އެފްސީ ބައްދަލުކުރާއިރު ރޭގަނޑުގެ މެޗުތައް ފެށޭ ގަޑިއަކީ 20:30 ހެވެ،