English Edition
Dhivehi Edition

“ގައުމު ސްޓްރީޓް ސޮކާ ޓޯނަމެންޓް”ގައި އެފްސީ ގަންބުރި, އެފްސީ ބީރިކަނާ އާއި ބައްދަލުކޮށް މިއަދުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެފްސީ ބީރިކަނާކާމިޔާބުކޮށްފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ކުޅުނު އިބްރާހީމް ހޫދުއެވެ. ހޫދުގެ މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު އެފްސީ ބީރިކަނާ އިން ވަނީ ވަރަށް ކައިރިކައިރީގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ ދެވަނަ ހާފްގައި އެފްސީ ގަންބުރިއަށްވެސް މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު މެޗު ނިމިގެން ދިޔައީ އެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް އެފްސީ ބީރިކަނާގެ އަލީ އާމިރު ހޮވިފައިވާއިރު، މު މުބާރާތުގައި އެ ޓީމުން ކުޅުނު އެފްސީ ބީރިކަނާއިންވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުންވެސް މޮޅުވެފައެވެ. އެފްސީ ގަންބުރިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ބަލިވީ އެފްސީ ޗެލެންޖާސް އާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ. މި މުބާރާތުގައި އެފްސީ ގަންބުރިން ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އުސްގަނޑު ޖޫނިއާސް އާއެވެ.