English Edition
Dhivehi Edition

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި އިދިކޮޅު ޕީޕީއެމް، ޕީއެންސީ އެކުގައި މަސައްކަތް ކުރަން ނިންމައިފިއެވެ.

ޑީއާރުޕީގެ އިސް ފަރާތްތަކާއި، ޕްރޮގްރެސިވް ކޯލިޝަންގެ އިސް ފަރާތްތަކުން މިއަދު މެންދުރު ޕީޕީއެމް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައިވާއިރު މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ތިން ޕާޓީއެއްކޮށް ކުރިއަށް ގެންދާނެ ކަންތައްތަކާއި ބެހޭގޮތުންކަމަށެވެ. މި ބައްދަލުވުމުގެ ތަފްސީލެއް އިދިކޮޅު ކޯލިޝަނުން ދީފައިނުވާއިރު، ބައްދަލުވުމާއި ބެހޭ ގޮތުން ޖާބިރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މަޖިލިސް ތެރެއިންވެސް އެކުގައި ތަންކޮޅެއް ހަރުދަނާކަމާއެކު ކުރިއަށް ދެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މީގެ އިތުރުން މަޖިލީސް ތެރެއިންވެސް ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ފާހަގަކޮށް ޖާބިރު ވިދާޅުވީ ދެން މަގުމަތިންވެސް ޖަވާބުދާރީކުރުވުމުގެ މަސައްކަތްކުރެވޭނެކަމަށެވެ. “ދެން އެކުގައި ކުރާނީ އޭގެ ތެރެއިން ކޮންކަމެއްތޯ މަޝްވަރާ ކުރީ.” ޖާބިރު ވިދާޅުވިއެވެ.