English Edition
Dhivehi Edition

ހެލްތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުނު ހައިސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ހިންގުނުން މިނިސްޓަރު އަސްލަމްއާ ހަވާލު ކުރިކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ

ހެލްތް މިނިސްޓަރުގެ މަގާމު ވަގުތީ ގޮތުން އަސްލަމް އާއި ހަވާލުކޮށްފައި މިވަނީ، ކޮވިޑް19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަހުގީގު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން، މިނިސްޓަރު އަމީން އެކަހެރިވެވަޑައިގެންނެވުމާއި ގުޅިގެންނެވެ.

އަމީން އަމިއްލައަށް މަސައްކަތުން އެކަހެރިވެއްޖެ

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓު އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާއިރުއެ ރިޕޯޓުގައި ހުރި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަންގައިފައެވެ.