English Edition
Dhivehi Edition
އަމީންއާއި އަމިތު،ބައްޕައާއި މަންމައާއެކު. ބައްޕަ (ކ-2).

އޮކްސިޖަން ރެސްޓޯރެންޓްގެ ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ގެ ބައްޕަ އަޙްމަދު މަނިކު ނިޔާވެއްޖެއެވެ. ގދ. ގައްދޫ ރޯސްމާގޭ އަޙްމަދުމަނިކަކީ ޖަޕާންގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުޙައްމަދު އަމީތުގެ ވެސް ބައްޕައެވެ.

ވެރިރަށް މާލޭގައި ހިނގި އެ އެކްސިޑެންޓްގައި އަޙުމަދު މަނިކު އިންނެވި ސައިކަލުން ވެއްޓި ބޮލާއި ނޭފަތް ފަޅައިގެން ގޮސް ސިކުނޑިއަށްވަނީ ލޭ އެޅިފައެވެ.

އުމުރުން 74 އަހަރުގެ އަޙުމަދު މަނިކަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެކްސިޑެންޓް ހިނގީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ އެ ރޭ އިޝާ ނަމާދަށް ފަހު ބޮޑުތަކުރުފާނު މަގުން ދަނިކޮށް ޕީޕީއެމް އޮފީސް ސަރަހައްދުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓްގެ ކައިރިން ކާރެއްގައި ޖެހިގެންނެވެ. އެވަގުތުންފެށިގެން އަޙުމަދުމަނިކަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދިޔަ ނަމަވެސް ހާލު ވަރަށް ދެރަވެ އިއްޔެ ވަނީ އުންމީދު ވެސް ކަނޑާލާފައެވެ. ނިޔާވީ މިރޭ ފަތިހު އެވެ. އަޙްމަދު މަނިކުގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގަ އެވެ.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

މަރްޙޫމް ގެ ފުރާނައަށް މާތްﷲ ހެޔޮރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ.އާމީން!

 

1 ކޮމެންޓް
އަލީ
އޮކްޓޯބަރު 8, 2023
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ