English Edition
Dhivehi Edition
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ގއ އަދި ގދ ގައި އާރްޓީއެލް ހިދުމަތްތައް އަންނަ ޖުލައި މަހުގެ ކުރީކޮޅު ފަށަން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅުގެ އާރްޓީއެލްގެ މަސައްކަތާއި ގުޅޭގޮތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު ކުރެއްވި ސުވާލަަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ދާދި ފަހުން މިނިސްޓްރީގެ ޓީމެއް ހުވަދު އަތޮޅަށް ގޮސް ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އެ ޓީމުން ބލާފައިވަނީ މި ހިދުމަތާއި ދޭތެރޭ އާންމު ރައްޔިތުން ދެކޭ ގޮތްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަންނަ ޖުލައި މަހު ދަތުރުތައް ފެށިމަށް ތައްޔާރުވަމުން އަންނައިރު އެ އަތޮޅުގައި ހިދުމަތް ފަށަން ނިންމާފައި ވަނީ 6 އުޅަނދާއި އެކުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ޖުލައި މަސް ނިމެންވާއިރު އެ އަދަދު 8 އަށް އިތުރުވެގެންދާނެކަމަށެވެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުޅު ރާއްޖެ އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް އަންނަނީ ބާރު ސްޕީޑެއްގައި ކުރަމުންނެވެ.