English Edition
Dhivehi Edition

ސ. ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ, %90 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމަލް އަގަކީ 2.49 މިލިޔަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ހުޅުދޫ ފުޓްބޯޅަ ދަނޑުގެ 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކުރުމާއި ކޮނުމުގެ އިތުރުން ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެވެ.

އެމްޓީސީސީއިން ބުނީ މިމަސައްކަތުގެ ތެރެއިން ގައު އެތުރުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގައު އެތުރުމުގެ މަސައްކަތެވެ. އަދި މި މަސައްކަތްތައް ވަރަށް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީއިންވަނީ ބުނެފައެވެ

މި މަޝްރޫޢުގައި ސޮއިކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

ހުޅުދޫ ފުޓްބޯޅަ ދަނޑު މީގެ ތިން އަހަރު ކުރިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.