English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

ށ.މާއުނގޫދޫ ބަނަދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ،

އެމްޓީސީސީ އިން ބުނީ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާކަމަށެވެ، އަދި އައު ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް 51 ޕަސެންޓް ފުރިހަމަކުރެވިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ސައިޓުގައި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްކަމަށެވެ.

ށ. މާއުނގޫދޫ ބަނަދަރުގެ މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާ 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.